22-23 ޑިސެމްބަރ 2025ގައި ބާއްވާ ނެޝަނަލް ޔޫތު ކޮންފަރެންސަށް ދާނެ ބައިވެރިން ހޮވުމާގުޅޭ
ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައެޅުމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުން އެއްތަނަކުން ބައްދަލުކޮށް، ޚިޔާލާއި މަޝްވަރާހޯދައި ޒުވާނުންނަށް ދިމާވާ ގޮންޖެހުން ތަކަށް ހައްލު ހޯދުމުގެ ގޮތުން 22-23 ޑިސެމްބަރ 2025ގައި ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ފަރާތުން " ނެޝަނަލް ޔޫތު ކޮންފަރެންސް" އެއް މާލޭގައި މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ކޮންމެ ރަށަކުންވެސް 18 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ.
ވީމާ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ 18 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ބޭފުޅުން 2025 ޑިސެމްބަރ 7ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓުކުރުން އެދެމެވެ. އެއްބައިވެރިއަކަށްވުރެ ގިނަ ބައިވެރިން ނަން ހުށަހަޅާފައިވާނަމަ ކޮންފަރެންސްގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ ގުރުނަގައިގެން ކަމުގައި ދަންނަވަމެވެ.
ފޯމް ލިންކު: https://forms.fillout.com/t/bNnXxCWvqGus
ނޯޓު : މާލެ ދިޔުމަށް ހޮވޭ ބައިވެރިންގެ މުލި – މާލެ ދެކޮޅު އެއަރ ޓިކެޓް އަދި 3 ދުވަހުގެ ކޮއްތު ފައިސާ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ ، މިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.