މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ ގެ "މަދަހަ ރަންއަޑު" މަދަހަ މުބާރާތާއިގުޅޭ (.)
"މަދަހަ ރަންއަޑު" މަދަހަ މުބާރާތަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް އިން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުރިޔަށް ގެންދާ މަދަހަ މުބާރާތެކެވެ. މި މުބާރާތަކީ އެސް.އެސް ޓީވީ އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ގެ ޢިޖުތިމާޢީ ވިއުގާތައްމެދުވެރިކޮށް ގެނެސްދޭ މަދަހަ މުބާރާތެއްކަން ވެސް ފާހަގަކުރަމެވެ.
މުބާރާތުގެ މަޤްސަދު
މި މިބާރާތުގެ މަޤްސަދަކީ މަދަޙަ ކިޔާ އަދި ހުށަހަޅާ ހިތްވާ ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ދީނީ ޝިޔާރު ފައުލުކުރުމުގެ ލޯބި ޖެއްސުމާއި އަމިއްލަ ދިވެހި ވަންތަ މަދަހައިގެ ރާގުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް މި މުބާރާތުގެ ސަބަބުން މުސްތަޤުބަލުގައި ފެންވަރު ރަނގަޅު ދިވެހި ފަންނުވެރިކަން އުފެދި ފަންނުވެރިކަން ތަރައްޤީވެ ކުރިއަރާ ދިއުމެވެ.
މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތަށް
· 6 އަހަރުން ދަށް
· 9 އަހަރުން ދަށް
· 11 އަހަރުން ދަށް
· 13 އަހަރުން ދަށް
· 16 އަހަރުން ދަށް
· 18 އަހަރުން ދަށް
· 18 އަހަރާއި 35 އަހަރާއި ދެމެދު
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ 19 ނޮވެމްބަރ 2025 އިން 07 ޖަނަވަރީ 2026 ގެ ނިޔަލަށެވެ.
ބައިވެރިވުމަށް އެދޭ ފޯމް: https://docs.google.com/forms/d/e/1FAIpQLSfewii25DH2BUKptARmiQIDBiOY7j8uUG7xttj0quHADUQkhg/viewform?usp=sharing&ouid=107530667188146877936
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.