ބަންގި ގޮވުމުގެ މުބާރާތުގައި ބައިވެރިވުމާ ގުޅޭ (ނޫރުލް އަޒާން 1447)
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބަންގިގޮވުމުގެ މުބާރާތް " ނޫރުލް އަޛާން 1447 " މިފެށޭ 2026 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭވުޒާރާގެ ނަމްބަރ 142-B1/CIR/2025/29 (24 ޑިސެންބަރ 2025 ) ސަރކިއުލަރ އިން އަންގަވާފައި ވެއެވެ. މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެއަތޮޅެއް ތަމްސީލްކުރާގޮތަށް ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއެކު ކުރިއަށް ގެންދާ ގޮތަށެވެ.
ވީމާ ، ބަންގިގޮވުމުގެ މުބާރާތް " ނޫރުލް އަޛާން 1447 " އަތޮޅު އޮޑިޝަންގައި ބައިވެރިވެ ލެއްވުމަށް ބޭނުންވެ ލައްވަވާ ފަރާތްތަކުން 12 ޖަނަވަރީ 2026 ހޯމަ ދުވަހު 14:00ގެ ކުރިން ކައުންސިލްގެ އިދާރާގެ ނަންބަރ 6720032 ފޯނާ ގުޅައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. މި އިއުލާނާއެކު މި މުބާރާތްކުރިއަށް ދާގޮތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސްކޮށްފައި ވާނެއެވެ.