އިސްރަށްވެހިންގެ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމާބެހޭ ކޮމިޓީ އެކުލަވާލުވާގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2026/1
ޕަބްލިޝްކުރި ތާރީޚު : 05 ޖެނުއަރީ 2026
ސުންގަޑި : 11 ޖެނުއަރީ 2026

މި ކައުންސިލްގެ ނަންބަރު (IUL)369-AS/369/2025/121(24 ޑިސެމްބަރ 2025) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މިކަމަށްޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

އިސްރަށްވެހިންގެ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމާބެހޭ ކޮމިޓީ އެކުލަވާލުވާގުޅޭ 

               އިސްރަށްވެހިންގެ ޚާއްސަ އިޖުތިމާޢީ ޙަރަކާތްތައް ރަށުގައި ކުރިޔަށް ގެންދިޔުމަށްޓަކައި އިސްރަށްވެހިންގެ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމުގެ ކޮމިޓީ އެކުލަވާލުވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓް އިންވަނީ އެދިފައެވެ. 

               ވީމާ ، މިކައުންސިލްގެ 200 ވަނަ އާންމު ބައްދަލުވުމުން މި ކޮމިޓީގައި ރަށުގައި ތިއްބެވި އިސްރަށްވެހިންގެ ތެރެއިން ބޭފުޅަކު ހިމެނުމަށް ނިންމާފައިވާތީ ، ރަށުގައި ތިއްބެވި އިސްރަށްވެހިންގެ ތެރެއިން (އުމުރުން 55 އަހަރުން މަތީގެ) މި ކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތެއް ވާނަމަ 2026 ޖެނުއަރީ 11ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ މި ކައުންސިލްގެ ނަންބަރ 6720038 ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

 ފޯމު ލިންކު: https://forms.fillout.com/t/a62fxfKAnHus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް