ސަރުކާރުގެ ކުރިޔަށްގެންދާ ބޯހިޔާވަހި ކަމާއިގުޅިގެން މާލޭގައި ދިރިއުޅެމުން އަންނަ ކަމުގެ ލިޔުންދޫކުރުމާއި ގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުންދޫކުރާ ބިން ނުވަތަ ފުލެޓަށް ކުރިމަތި ލުމަށްޓަކައި އެފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އެކިފަރާތްތަކުން ހުށަހަޅަމުންދާތީ، އެފަދަލިޔުންތައް ކައުންސިލް އިދާރާތަކުން ދޫކުރުމާމެދު ލަފައަކަށް އެދެމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ނަންބަރ 221-CCS/2026/5 (22 ޖެނުއަރީ 2026 ) ސިޓީ އިން އަންގަވާފައި ވަނީ، މާލޭގައި ދިރިއުޅުނު މުއްދަތު އަންގައި ދިނުމަށް ކައުންސިލްގެ އިދާރާތަކުގައި ރަސްމީކޮށް ބަލަހައްޓާ ލިޔެކިއުންތަކުން ސާބިތުކޮށްދެވޭނެ ލިޔުމެއްކަމަށް ވާންވާނެ ކަމަށެވެ.
ނަމަވެސް ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި އެފަދަ ފަރާތްތައް މާލޭގައި ދިރިއުޅުމަށް ފަށާފައިވާ މުއްދަތުގެ ގޮތުގައި، ކަނޑައެޅިގެން މިވެނި ތާރީޚެއްކަން ކަށަވަރުކުރުމަށް ބެލޭނެ "ދަފުތަރެއް ނުވަތަ ތެދު މަޢުލޫމާތުދެވޭނެ ގޮތެއް ޤާއިމް ވެފައި ނުވާއިރު" އެފަރާތްތަކުން ހުށަހަޅާ ގޮތަށް (އެ ތާރީޙެއް ކަނޑައެޅިގެން ކަށަވަރު ކުރެވެން ނެތް ތާރީޙަކަށް) މާލޭގައި ދިރިއުޅޭކަމަށް ބުނެ ހުށަހާޅާ ލިޔުންތަކަށް ކައުންސިލް އިދާރާތަކުން ދޫކުރާ ލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ބަލައިނުގަނެވޭނެ ކަމަށް މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ އިން އަންގަވާފައިވާކަމަށް އިސްވެ ދެންނެވުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސިޓީއާއި ހަވާލާދީ ބަޔާންކޮފައި ފައިވެއެވެ.
ހަމަ މިއާއެކު، މާލޭގައި އުޅޭކަމުގެ ލިޔުން ހޯދުމަށް މިއިދާރާއަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ދިނުމުގެ ކުރިން ބަލާނެ ކަންކަމާއި މެދު، 2026 ޖަނަވަރީ 22 ވަނަ ދުވަހު ބޭއްވުނު، މި ކައުންސިލުގެ 04 ވަނަ ދަޢުރުގެ 205 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތިން ޢަމަލުކުރެވެމުން ގެންދާނެކަމުގައި އާއްމުކޮށް އަންގަމެވެ. މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ބައެއް ކައުންސިލް ތަކުން ދޫކޮށްފައިވާ މިފަދަ ލިޔުންތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމާއި، މިފަދަ ސައްޙަ ނޫން ކަށަވަރުނުކުރެވޭ މަޢުލޫމާތުގެ މައްޗަށް ހިމަނައިގެން ހުށަހަޅާ ލިޔުންތަކަކީ ބަލައިގަނެވޭނެ ލިޔުންތަކުގެ ގޮތުގައި ނުބެލޭނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑެ އިންފްރާސްޓްރަކްޗަރގެ ފަރާތުން ބުނެފައިވުމާއި އަދި އެފަދަ ލިޔުމެއް ނުވަތަ ލިޔުންތައް މީގެ ކުރިންވެސް ދޫކޮށްފައިވާތީ، އެލިޔުން ދޫކުރުމުގައި ޒިންމާވާ ފަރާތްތައްބަލައި ފިޔަވަޅު އަޅާފައިވާތީ، އަދި ކައުންސިލެއްގައި ބަލަހައްޓާ ރަސްމީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށް ކޮށްދެވޭން ނެތް، ކައުންސިލްތަކުން މިފަދަ ލިޔުމެއް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ކައުންސިލްތަކަށް އަންގާފައިވުމުން، އެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ވީމާ، ކައުންސިލްގެ 04 ވަނަ ދަޢުރުގެ 205 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތިން، މިފަދަ ލިޔުންތަކަށް އެދި ހުށަހަޅާ ފަރާތްތަކުން، މާލޭގައި ދިރިއުޅުނުކަން އަންގައިދޭ ސަޕޯޓިވް ޑޮކިއުމަންޓްސް (ވަޒީފާ އަދާކުރި ނަމަ އެ ލިޔުންތައް، މާލޭގައި ކުއްޔަށް އުޅުނު ނަމަ ކުއްޔަށް އުޅުނު ތަނުގެ ވެރިފަރާތާއެކު ވެވިފައިވާ އެއްބަސްވުން، ކުލީގެ ފައިސާ ދެއްކި ސްލިޕްތައް، ކަރަންޓްބިލް/ފެންބިލް ދެއްކިކަމުގެ ލިޔުންތައް، މާލޭގައި އެ މުއްދަތުގައި މަދުރަސީ ތައުލީމު ހާސިލުކުރި ދަރިވަރެއް ނަމަ ސްކޫލްގައި އުޅުނު ކަން ސާބިތުވާނެ ލިޔުންތައް ފަދަ) ލިޔުންތައް ހުށަހެޅުމުން އެ ލިޔުންތައް ބަލައި ކަށަވަރުކޮށް، އެ ލިޔުންތަކުން މާލޭގައި ހޭދަވި މުއްދަތު އެނގޭ މުއްދަތަށް ލިޔުން ދޫކުރުމަށް އެދި މި ކައުންސިލަށް ހުށަހެޅުމުން މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ރައްޔިތުންގެ މަޢުލޫމާތައްޓަކައި އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.