1447 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ގެންނަ ޙާފިޡު ބެހެއްޓުމާއި ގުޅޭ (.)
މި ކައުންސިލްގެ ނަންބަރު (IUL)369/369/2026/5 (8 ފެބްރުއަރީ 2026) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތައް އަގު ހުށަހެޅުމަށް އިއުލާން ކުރަމެވެ.
އެހެން އަހަރު ތަކެކޭއެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހު ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހާފިޡު ގެނައުމަށް، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 198 ވަނަ އާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. ކައުންސިލުން ގެންނަ ޙާފިޡުގެ ހުރުމާއި ކެއުން އަދި އަންނައުނު ދޮވުމާއި އިސްތިރި ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭފަރާތްތަކުން 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ނުވަތަ info@maduvvari.gov.mv މެދުވެރިކޮށް މަސައްކަތުގެ އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިފުރުޞަތު ހުޅުވާލެވިފައިވާތީ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެވާހަކަ ދެންނެވީމެވެ.
23 ޝަޢުބާން 1447
11 ފެބްރުއަރީ 2026