ބީލަން/މަސައްކަތް

މަސްޖިދުލް ނަސްރު މިސްކިތުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިސްކިތަށް ވަދެ ނިކުތުމަށް ރޭމްޕް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމާއި ގުޅޭ

ނަންބަރު: (IUL)369-AS/369/2026/18
ޕަބްލިޝްކުރި ތާރީޚު: 08 ޖޫން 2026
ސުންގަޑި: 18 ޖޫން 2026

      މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތައް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މަސްޖިދުލް ނަޞްރު މިސްކިތަށް ވަދެ ނިކުތުމަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރޭމްޕްގެ މަސައްކަތް ޢަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މިގޮތުން އިމާރާތުގެ ކުރިމަތިން އެތެރެއަށް ވަނުމަށް ބޭނުންކުރާ މައި ދޮރުތަކުގެ، އެންމެ ދެކުނަށްވާ ދޮރުން ވަދެވޭނެހެން މިސްކިތުގެ ފާރުގައި ޖައްސައިގެން ހަދާ ރޭމްޕްގެ ކޮންސެޕްޓު ޓެކްނިކަލް މަޢުލޫމާތު ހިމެނޭ ބީލަން ފޮތް އަދި ބީ.އޯ.ކިއު މި އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާނެކަމުގައި ދަންނަވަމެވެ.

      ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް 2026 ޖޫން 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 6720038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

         ލިންކު: https://forms.fillout.com/t/9d9NWv6Xx4us

      މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޝެއަރ ކުރައްވާ