ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:
2026ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލެވިގެން 19 ޖޫން 2026ވާ ހުކުރު ދުވަހުގެ މެންދުރުފަހު " މަސް ރޭސް" އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މި މަސްރޭހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ލިންކު މެދުވެރިކޮށް 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިއުލާނާއެކު މުބާރާތުގެ ޤަވާޢިދު ހިއްސާ ކުރެވިފައިވާނެއެވެ.
މިމުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ މުޅިމުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށެވެ. އަދި މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފަރާތަށެވެ.
1. މުޅިމުބާރާތުގެ 1 ވަނަ ޓީމް: -/30,000
2. މުޅިމުބާރާތުގެ 2 ވަނަ ޓީމް: -/25,000
3. މުޅިމުބާރާތުގެ 3 ވަނަ ޓީމް: -/20,000
4. އެންމެ ބަރުމަސް ބޭނި ފަރާތް: -/5,000
ފޯމް ލިންކު:https://forms.fillout.com/t/eEw4AXTDCcus
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.