އާއްމު އެންގުން

ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުމާ ގުޅޭ

ނަންބަރު: (IUL)369-AS/369/2026/27
ޕަބްލިޝްކުރި ތާރީޚު: 16 ޖުލައި 2026
ސުންގަޑި: 23 ޖުލައި 2026

 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ  107ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ޖުލައި މަހުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބައްދަލުވުން، މ.މަޑުއްވަރީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތިން 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.  

  ވީމާ، މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.  

ބައްދަލުވުމުގެ އެޖެންޑާ : 

1.       2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހިންގުނު ހަރަކާތްތަކުގެ ރިޕޯޓް ހިއްސާކުރުން

2.       2026ވަނަ އަހަރު ކުރިއަށްހުރި މުހިންމު ހަރަކާތްތައް ހިއްސާކުރުން

3.       2027ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާނެ މުހިންމު ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން

4.       ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް