އާއްމު އެންގުން

މ. މަޑުއްވަރީ ރައްޔިތުންގެ ރުއްތަކުގެ ދަފުތަރު އަދި ރައްޔިތުންގެ ރުއްތައް ބެލެހެއްޓުމާއި ރުއްތަކުން އަޅާ ތަކެތި ބޭނުންކުރުމަށް އެކުލަވާލައި ފާސްކޮށްފައިވާ އެސް.އޯ.ޕީ އާންމުކުރުން

ނަންބަރު: (IUL)369-AS/369/2026/44
ޕަބްލިޝްކުރި ތާރީޚު: 21 ސެޕްޓެންބަރު 2026

     މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 05 ވަނަ ދައުރުގެ 06ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާގޮތުގެ މަތިން، ރައްޔިތުންގެ ރުއްތައް ބެލެހެއްޓުމާއި ރުއްތަކުން އަޅާ ތަކެތި ބޭނުންކުރުމަށް އެކުލަވާލައި ފާސްކޮށްފައިވާ އެސް.އޯ.ޕީގެ ދަށުން ރަށުގެ އާންމު ސަރަޙައްދުތަކުގައިވާ އެންމެހައި ރުއްތަކުގެ ތެރެއިން ފޯދިފައިވާ ރުއް ތަކުގައި ނަންބަރު ޖެހިފައިވާ ގޮތުގެ ތަފްސީލް ހިމެނޭ ދަފްތަރު އަދި އެސް.އޯ.ޕީ މި އިއުލާނާއެކު އާންމުކުރަމެވެ.

      މިއާއެކު ކައުންސިލް އިދާރާގެ ހުއްދަނެތި ރުއްތަކުން ތަކެތި އެޅުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އެސް.އޯ.ޕީއާއި ޚިލާފަށް ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުމަކާއިނުލައި ނަންބަރު ޖަހާފައިވާ ރުއްތަކުން ތަކެތި އެޅުމާއި ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާންކުރަމެވެ. އަދި މިއިއުލާނާއެކު ރުއްތަކުން ތަކެތި އެޅުމަށް ހުށަހަޅާ ފޯމް އާންމުކުރަމެވެ.

ފޯމް ލިންކު: https://forms.fillout.com/t/bXq5ESDHEGus

    މިހެންވެ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

ޝެއަރ ކުރައްވާ

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ