އާއްމު އެންގުން

ރަށުގެ އާންމު ސަރަހައްދުތަކާއި މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އުފުލޭ މުދާ ނެގުމާ ގުޅޭ

ނަންބަރު: (IUL)369-AS/369/2026/55
ޕަބްލިޝްކުރި ތާރީޚު: 01 ނޮވެންބަރު 2026
ސުންގަޑި: 15 ނޮވެންބަރު 2026

     ރަށަށް ލަފާ ފުރުމަށް ބޭނުން ކުރަމުންދާ ހުޅަނގު ފަރާތު އައްދަށު ވާޓަރާއި އެ ސަރަހައްދުގައިވާ އެންމެހާ ތަންތަނާއި ، ރަށުގެ ވަށައިގެން ހޭޅިފަށުގައިވާ އެންމެހާ ތަންތަނާއި، ރަށުގެ މަގުތަކާއި ގޯތީން ބޭރުގައި އާންމުންނާއި ދުއްވާ ތަކެއްޗަށް ދަތިވާހެން ތަކެތި ބެހެއްޓުމާއި ގުދަންކުރަމުން އަންނަކަން
     މިހާރަކަށް އައިސް އިދާރާއަށްވަނީ ފާހަގަކުރެވިފައެވެ.  

ރަށުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ތިރީގައިވާ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ :

  • މަގުތަކުގެ އަމާންކަމާއި ސާފުތާހިރުކަން: މަގުތަކުގައި ދުއްވާ އުޅަނދުފަހަރަށާއި ހިނގާބިނގާވެއުޅޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނުވާނެހެން މަގުތައް އަމާންކޮށް އަދި ސާފުތާހިރުކޮށް ބޭއްވުން.
  • މަގުމަތީގައި ބަހައްޓާ ތަކެތި ނެގުން: މަގުމަތީގައި ބަހައްޓާ ޖޯލިފަތިތަކާއި އެއްޗެހި ހިއްކަން އެޅުމަށް ބޭނުންކުރާ ދަނގަޑު ފަދަ ތަކެތި، ކުރާ ބޭނުމެއް ނިމުމުން، ލަސްނުކޮށް ކޮންމެ ބޭފުޅެއްގެވެސް އަމިއްލަ ގޯތީގެ އިމުގެ އެތެރެއަށް ވެއްދުން.
  • މަގުތައް ކުނިކަހާ ސާފުކުރުން: އެގެއެއްގެ އިންވަށައިގެންވާ މަގުތަކާއި ގޯޅިތައް ކުނިކަހާ ސާފުކޮށް ބޭވުމަށް ސަމާލުކަން ދެއްވުން.

    ވީމާ، މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ސަރަހައްދު ތަކުގައި ހުރި އުފުލޭ މުދާތަކާއި އެހެނިހެން ތަކެތި 01 ނޮވެމްބަރު 2026 އިން ފެށިގެން 15 ނޮވެމްބަރު 2026 ގެ ކުރިން ވެރިފަރާތުން ނަންގަވައި މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށްދެއްވުމަށް ދަންނަވަމެވެ.

     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ