1446ހ. އަހަރުގެ ފިޠުރު ޒަކާތް ދެއްކުމާއިގުޅޭ

އިއުލާނު
ނަންބަރު : (IUL)369-MS/369/2025/24
ޕަބްލިޝްކުރި ތާރީޚު : 01 މާރިޗު 2025
ސުންގަޑި : 30 މާރިޗު 2025

1446 ވަނަ އަހަރުން ފެށިގެން ފިޠުރު ޒަކާތް މުޅި ރާއްޖޭގެ އެންމެހާ ފަޤީރުންނާއި މިސްކީނުންގެ މެދުގައި ހަމަހަމަކަމާއި އެކު ބެހުމަށް ނިންމާފައިވާތީ މި ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ޖަމާކުރާނީ ޒަކާތު ހައުސްއިންނެވެ. މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ 02 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ނިޔަލަށެވެ. މ.މަޑުއްވަރީ ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ އޮންލައި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. 

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އޮންލައިން ޕްލެޓްފޯމްތައް:

 

 | # | އިދާރާ / މުއައްސަސާ | ސުންގަޑިތައް
 | 1 | ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) | 27 ރަމަޟާން 1446 ގެ ހެނދުނު 6:00
 | 2 | އުރީދޫ | 27 ރަމަޟާން 1446 ގެ ހެނދުނު 6:00
 | 3 | މޯލްޑިވްސް އިސްލާމިކް ބޭންކް | 27 ރަމަޟާން 1446 ގެ ހެނދުނު 6:00
 | 4 | ބޭންކް އޮފް މޯލްޑިވްސް | 27 ރަމަޟާން 1446 ގެ ހެނދުނު 6:00
 | 5 | ފަހިޕޭ | ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00
 | 5 | ބަނޑޭރިޕޭ | ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް