ކައުންސިލްގެ ރައީސް އަހަރީ ޗުއްޓީނަންގަވާތީ އޮފީސް ހިންގުން ނައިބުރައީސް އާއި ހަވާލުކުރެއްވުން

އިއުލާނު
ނަންބަރު : (IUL)369/369/2025/49
ޕަބްލިޝްކުރި ތާރީޚު : 24 އޭޕްރީލު 2025
ސުންގަޑި : 15 މޭ 2025

މ.މަޑުއްވަރީ ކައުންސިލްގެ ރައީސްއަށް މި މަހުގެ 27 ވާ އާދީއްތަ ދުވަހުން ފެށިގެން ، 14 ދުވަސް އަހަރީ ޗުއްޓީއަށް ދިނުމަށް މ.މަޑުއްވަރީ ކައުންސިލްގެ 165 ވަނަ އާންމު ބައްދަލުވުމުން ، 24 އޭޕްރީލް 2025 ވަނަ ދުވަހު ނިންމާފައިވާތީ ، 27 އޭޕްރީލް 2025 އިން ފެށިގެން 15 މެއި 2025 ގެ ނިޔަލަށް ކައުންސިލްގެ ރައީސް ހުންނަވާނީ ޗުއްޓީގައެވެ. 

ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވާ މުއްދަތުގައި ، ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނަވާނީ ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އިބްރާހީމް ނިޝާމް ( 7888673 ) ކަމުގައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

ޑައުންލޯޑް ކުރުމަށް