މ.މަޑުއްވަރީ ދަތުރުވެރީންގެ ހިޔާ އިމާރާތުން ބަނދަރަށް ކަރަންޓް ދޫކުރުމުގެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިއުލާނު
ނަންބަރު : (IUL)369/369/2025/58
ޕަބްލިޝްކުރި ތާރީޚު : 10 ޖޫން 2025
ސުންގަޑި : 12 ޖޫން 2025

12 ޖޫން 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.މަޑުއްވަރީ ކައުންސިލްގެ 172 ވަނަ އާންމު ބައްދަލުވުމުގައި މ.މަޑުއްވަރީ ދަތުރުވެރީންގެ ހިޔާ އިމާރާތުން ބަނދަރަށް ކަރަންޓް ދޫކުރުމުގެ އުޞޫލު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އުޞޫލު ފާސްކުރުމުގެ ކުރިން މި އުޞޫލަށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ބޭނުންވާތީ ، މި އިޢުލާނާއެކު އާންމުކޮށްފައިވާ އެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ ، މި އުޞޫލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 12 ޖޫން 2025 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ. 

ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/345235

ޑައުންލޯޑް ކުރުމަށް