ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 – މ.މަޑުއްވަރީ ފުޓްސަލްޓީމު މެނޭޖްކުރާނެ ކްލަބް ޖަމުއިއްޔާއެއް ހޯދުން
އިއުލާނު
ނަންބަރު :
(IUL)369/369/2025/60
ޕަބްލިޝްކުރި ތާރީޚު :
12 ޖޫން 2025
ސުންގަޑި :
15 ޖުލައި 2025
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މުލަކަތޮޅު މަޑުއްވަރީ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު މަޑުއްވަރީގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މ.މަޑުއްވަރީ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، މުލަކަތޮޅު މަޑުއްވަރީގެ ކުލަބު/ޖަމްޢިއްޔާތަކުން، 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.