މ.މަޑުއްވަރީ ރަށު މޮނިއުމަންޓް މަސައްކަތް، ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ކުރާނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ މޮނިއުމަންޓްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވުމާއެކު، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ މޮނިއުމަންޓް ހަދާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވުމަށް 250.00 ރުފިޔާ ( ދުއިސައްތަ ފަންސާސް ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ދައްކަވާނީ 2025 ޖޫން 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ ނަންބަރު 7709-700441-001 އެކައުންޓަށް ޓްރާންސްފަރ ކުރައްވައިގެންނެވެ. އަދި ފައިސާ ދެއްކެވުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އަންނަނިވި ލިންކްގައިވާ މަޢުލޫމާތުތައް ފުރުއްވުމަށްފަހު ފޮނުވަންވާނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން ލިންކް : https://forms.fillout.com/t/x4nQSE8RHPus
މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2025 ޖޫން 22 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
ބިޑްތައް ހުޅުވުން އޮންނާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00:00 ގައި މި ކައުންސިލްގެ އިދާރާގެ މުޝާވިރު މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
މ.މަޑުއްވަރި ، ދިވެހިރާއްޖެ
ފޯން: 6720039
އީމެއިލް info@maduvvari.gov.mv:
ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.