އާއްމު އެންގުން

މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލުގެ ޑްރާފްޓަށް ، ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)369/369/2025/72
ޕަބްލިޝްކުރި ތާރީޚު: 15 ޖުލައި 2025
ސުންގަޑި: 22 ޖުލައި 2025

މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން އެކުލަވާލާފައިވާ ، މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލުގެ ޑްރާފްޓަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. މި އިޢުލާނާއި އެކު އުޞޫލުގެ ޑްރާފްޓް އާންމުކުރެވިފައިވާނެއެވެ. 

ވީމާ ، މި އުޞޫލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 22 ޖުލައި 2025 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ. 

ޝެއަރ ކުރައްވާ