ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ މައްޗަށް ބޭއްވުމަށް ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމާއިގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2025/74
ޕަބްލިޝްކުރި ތާރީޚު : 20 ޖުލައި 2025
ސުންގަޑި : 30 ޖުލައި 2025

                  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބޭއްވުމަށް މި ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ޖުލައި މަހުގެ ބައްދަލުވުމާއި ، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޭއްވުމަށް ލާޒިމުކޮށްފައިވާ ބައްދަލުވުން ، މ.މަޑުއްވަރީ ކައުންސިލްގެ 178 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިއުލާނާއެކު ބައްދަލުވުމުގައި ހިއްސާކުރުމަށް ލާޒިމުކޮށްފައިވާ ރިޕޯޓްތައް އެއްކަރުދާސްކޮށް އާންމުކޮށްފައިވާނެއެވެ. 

ބައްދަލުވުމުގެ އެޖެންޑާ : 

1.     ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް

2.     މ.މަޑުއްވަރީގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ކުރިޔަށް ގެންދިޔުމަށް ކައުންސިލުން ގަސްތުކުރާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުން

3.     2025 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި ކުރެވުނު މަސައްކަތްތައް ހިއްސާކުރުން

4.       ވީމާ ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދި ދަޢުވަތު އަރުވަމެވެ.