ކްލަބު ޖަމުއިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މ.މަޑުއްވަރީގެ ކްލަބް ޖަމުއިއްޔާތަކަށް ދޫކުރާ 2 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
2023 ވަނަ އަހަރު ފާސްކޮށްފައިވާ މިއިދާރާގެ ނަންބަރު (PP)369-AS/369/2023/3 މުލަކަތޮޅު މަޑުއްވަރިން ކްލަބް ޖަމުއިއްޔާތަކުގެ އިދާރާތައް އެޅުމަށާއި ، ކްލަބް ޖަމުއިއްޔާތަކުގެ އިދާރީ ހިންގުން ރަނގަޅުކުރުމަށް ބިން ދޫކުރުމުގެ އުޞޫލު އާއި އެއްގޮތަށް މުލަކަތޮޅު މަޑުއްވަރީން 600 އަކަފޫޓްގެ 2 ބިން ދޫކުރުމަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ ، މ.މަޑުއްވަރީގައި ހިންގާ ، މ.މަޑުއްވަރިއަށް ނިސްބަތްވާ ކްލަބް ޖަމުއިއްޔާތަކުގެ ތެރެއިން އެ ކްލަބް ޖަމުއިއްޔާއެއް ރަޖިސްޓްރީކޮށްގެން މ.މަޑުއްވަރީގައި ހިންގާތާ 6 އަހަރުވެފައިވާ ކްލަބް ޖަމުއިއްޔާތަކަށް ބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިމަށް އެދި ހުށަހަޅުއްވަންޖެހެނީ 14 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:30 އަށް މ.މަޑުއްވަރީ ކައުންސިލަށް ހާޟިރުވެގެންނެވެ.
ދޫކުރާ ބިމުގެ މަޢުލޫމާތު:
ބިންއޮތްތަން : ކުޅިވަރު ބިން ( އައުޓްޑޯ ވޮލީކޯޓުގެ ހުޅަނގަށް ، ރައްޔިތުންގެ ގުދަނާއި އައުޓްޑޯ ވޮލީކޯޓާއި ދެމެދު އޮތް ހުސްބިން
ބިމުގައި ކުރެވޭނެ ބޭނުން : ކްލަބް ޖަމުއިއްޔާގެ އިދާރީ އޮފީސް ގާއިމުކުރުމަށާއި ، އާންމުދަނީ ހޯދުމަށް
ބިން ދޫކުރާ މުއްދަތު : 10 އަހަރު ( އުޞޫލުގައި ބުނެފައިވާ ގޮތަށް އިތުރު 5 އަހަރު ކައުންސިލަށް ދެވިދާނެ )
ބިމަށް ނަގާ ކުލި : ބިމަށް އެއްވެސް ކުއްޔެއް ނުނަގާނެ
ބިމުގެ ސިފަ : މިބިމަކީ އިރު ، ހުޅަނގު އެއްވަރަށް 30 ފޫޓް ، އުތުރު ދެކުނު އެއްވަރަށް 20 ފޫޓް ބިމެކެވެ.
މުހިއްމު ނުކުތާތައް
1- ބިން ހަވާލުކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބް ޖަމުއިއްޔާއެއްގެ އިދާރާ އަޅާ ، އެ ބިމަށް އިދާރީ ހިންގުން ބަދަލުކުރަންވާނެއެވެ. އެ ގޮތަށް އަމަލުކޮށްފައިނުވާނަމަ ބިން އަތުލުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
2- ދޫކުރެވޭ ބިމުގައި އެ ކްލަބް ޖަމުއިއްޔާގެ އިދާރާ އެޅުމަށްފަހު ، ބާކީ އޮތް ބިމުގެ ޖާގައިގާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ، ޤަވާއިދުތަކާއި ކައުންސިލުން ހަދާފައިވާ އުޞޫލުތަކާއި އެއްގޮތް މަސައްކަތްތަކަށާއި ، ކަންކަމަށް ބޭނުންކުރެވޭނެއެވެ.
3- ދޫކޮށްފައިވާ ބިމުގައި އެ ކްލަބް ޖަމުއިއްޔާއަކަށް ، މ.މަޑުއްވަރީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ބުރިބުރިއަށް ބިމުގައި އިމާރާތްކުރެވޭނެއެވެ. ދޫކުރާ ބިމުގައި ކުރާ އިމާރާތަށް ވަދެ ނިކުތުމަށް ދޮރު ކަނޑަންވާނީ ހުޅަނގު ފަރާތަށެވެ.
4- ބިން ލިބޭ ކްލަބް ޖަމުއިއްޔާތަކުން ކޮންމެ އަހަރަކުވެސް މ.މަޑުއްވަރީގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން މަދުވެގެން 1 ހަރަކާތް މ.މަޑުއްވަރީ ކައުންސިލް އާއި ގުޅިގެން ކުރިޔަށް ގެންގޮސް ނިންމަންވާނެއެވެ.
5- ކްލަބް ޖަމުއިއްޔާތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް މިނިސްޓްރީއަށް ހުށަހަޅަން އޮންނަ މުއްދަތުގައި ހުށަނާޅާ ކްލަބް ޖަމުއިއްޔާތަކަށް ބިމަށް އެދި ހުށަހެޅުމުން އެ ހުށަނާޅާ ލަސްވި އަހަރަށް ، އަހަރެއްގެ މަގުން ބިމަށް ޝަރުޠު ހަމަވުން ފަސްވާނެއެވެ.
ބިން ދޫކުރުމުގައި ބަލާނެ ކަންކަން
2023 ވަނަ އަހަރު ފާސްކޮށްފައިވާ މިއިދާރާގެ ނަންބަރު (PP)369-AS/369/2023/3 މުލަކަތޮޅު މަޑުއްވަރިން ކްލަބް ޖަމުއިއްޔާތަކުގެ އިދާރާތައް އެޅުމަށާއި ، ކްލަބް ޖަމުއިއްޔާތަކުގެ އިދާރީ ހިންގުން ރަނގަޅުކުރުމަށް ބިން ދޫކުރުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަމަށް ބަލާނެއެވެ. އެ ގޮތުން އެ އުޞޫލުގެ 5 ވަނަ މާއްދާގެ ( ހ ) އިން ފެށިގެން (ބ) އާއި ދޭތެރޭ ކަންކަމަށް ބެލެވޭނެއެވެ. މި އިޢުލާނާއެކު އުޞޫލު އާންމުކޮށްފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ކްލަބް ޖަމުއިއްޔާގެ ރަސްމީ ލެޓަރ ހެޑްގައި ބިން ބޭނުންވެ ލިޔުއްވާފައިވާ ސިޓީ
2- ފާއިތުވެ ދިޔަ 6 އަހަރު އަހަރީ ރިޕޯޓް ހުށަހަޅުއްވާފައިވާކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުން ( ހުށަހަޅުއްވާފައިވާނަމަ ހުށަހަޅުއްވާފައިވާ ތާރީޚު އެނގޭނެ ގޮތަށް )
3- ކްލަބް ޖަމުއިއްޔާގެ ރަޖިސްޓްރީ
4- ފާއިތުވެދިޔަ 6 އަހަރުގެ އަހަރީ ރިޕޯޓް ( ޕީޑީއެފް ފައިލް އީމެއިލްކުރައްވާނީ info@maduvvari.gov.mv އަށް )
5- މ.މަޑުއްވަރީގެ ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ކްލަބް ޖަމުއިއްޔާއިން ލީޑްކޮށްގެން މީގެ ކުރިން ކުރިޔަށް ގެންގޮސް ހާޞިލުކޮށްފައިވާ ކަންކަން އަންގައިދޭ ލިޔުންތައް
6- ކްލަބް ޖަމުއިއްޔާއިން ލީޑްކޮށްގެން މީގެ ކުރިން ކުރިޔަށް ގެންގޮސް ހާޞިލުކޮށްފައިވާ ކަންކަން އަންގައިދޭ ލިޔުންތައް