މ.މަޑުއްވަރީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ގަވާއިދު ފައިނަލްކުރުމުގެ ކުރިން ، މީގެ ކުރިން ބޭނުންކުރި ގަވާއިދަށް ގެންނަން ފެންނަ އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު ޙުޅުވާލުން

އާއްމު އެންގުން
ނަންބަރު : (IUL)369/369/2025/76
ޕަބްލިޝްކުރި ތާރީޚު : 04 އޯގަސްޓު 2025
ސުންގަޑި : 06 އޯގަސްޓު 2025

މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ގަސްތުކުރާ މި ކައުންސިލްގެ 2 ވަނަ "ހިތްފަހި ފުޓްސަލް ޗެލެންޖް 2025 " ގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތްކުރަމުން ގެންދާތީއާއެކު ، އެ ގަވާއިދު ފައިނަލްކުރުމުގެ ކުރިން ، މީގެ ކުރިން ބޭއްވުނު 1 ވަނަ ފުޓްސަލް މުބާރާތުގެ ގަވާއިދުން އިޞްލާހުކުރުމަށް ފެންނަ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ ، މި ގަވާއިދަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 06 އޮގަސްޓް 2025 ވާ ބުދަދުވަހުގެ 10:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ.