މ.މަޑުއްވަރީ އަށްދަށުވާޓަރުގައި ނަންބޯޑް ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މ.މަޑުއްވަރީ އަށްދަށުވާޓަރުގައި ހަރުކުރުމަށް މިއިދާރާއިން ހަވާލުކުރާ ނަން ބޯޑުތައް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން 2025 ސެޕްޓެމްބަރ 09 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެinfo@maduvvari.gov.mv މެއިލްއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަންގައި މަސައްކަތު އަގު އަދި މަސައްކަތްކޮށް ނިންމުމަށް ހޭދަވާނެ މުއްދަތު (ބަންދުދުވަސްތައް ހިމަނައިގެން) ބަޔާންކުރަންވާނެއެވެ. އަދި އިދާރާއިން ފޯރުކޮށްދޭ 8 (އަށެއް) ނަންބޯޑް ހަރުކުރާނީ މިއިޢުލާނުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ސްޓޭންޑެޑަށެވެ. އަދި މިއިދާރާއިން ހަވާލު ކުރާނީ ހަމައެކަނި ސައިންގ ބޯޑްތައް އެކަންޏެވެ.
އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް info@maduvvari.gov.mv މެއިލްއަށް މެއިލް ކުރުމުން ނުވަތަ 9423095 މޯބައިލްއަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.