ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ރަށުތެރި ސާފުކޮށް ޒީނަތްތެރިކޮށް ބޭއްވުމާއި ގުޅޭ
އާއްމު އެންގުން
ނަންބަރު :
(IUL)369-AS/369/2025/90
ޕަބްލިޝްކުރި ތާރީޚު :
14 ސެޕްޓެމްބަރު 2025
ސުންގަޑި :
21 ސެޕްޓެމްބަރު 2025
- ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީމު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަވާ ރަސްމީ ދަތުރުގެ ތެރެއިން 2025 ސެޕްޓެންބަރ 22 ވާ ހޯމަ ދުވަހު މިރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރީއްގެ އޮފީހުގެ ނަންބަރ 1-SP/2025/1177 (10 ސެޕްޓެންބަރ 2025) ސިޓީއިން އަންގަވާފައި ވެއެވެ.
ވީމާ ، ރައީސުލްޖުމަހޫރިއްޔާގެ މި ދަތުރުފުޅާއި ގުޅިގެން ރަށުގެ މަގުތަކުގައި ބަހައްޓާފައިހުރި ތަކެތި ނަންގައި ، މަގުތަކާއި ގޯޅިތައް ކުނިކަހައި ސާފުކުރުމަށް އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.