ފުޓްސަލް ދަނޑު މަރާމާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ދަނޑު ބޭނުންކުރުން ވަގުތީގޮތުން ބަންދުކުރުމާގުޅޭ.
އާއްމު އެންގުން
ނަންބަރު :
(IUL)369/369/2025/94
ޕަބްލިޝްކުރި ތާރީޚު :
29 ސެޕްޓެމްބަރު 2025
ސުންގަޑި :
11 ޑިސެމްބަރު 2025
މ. މަޑުއްވަރީ "ހިތްފަހި ފުޓްސަލް އެރީނާ" ވެއްޓިފައިވާ ފެންސް މަރާމާތުކުރުމާއި، ވެއްޓިފައިވާ ފެންސް ސީދާކުރުމާއި އަދި ލައިޓް ޕޯސްޓް މަރާމާތުކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް 2025 ސެޕްޓެމްބަރ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާތީ، މިއަދުން ފެށިގެން ފުޓްސަލް ދަނޑު ބޭނުންކުރުން ވަގުތީ ގޮތުން ބަންދު ކުރެވިފައިވާ ކަމުގައި ދަނޑު ބޭނުންކުރައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ދަނޑުގެ މަރާމާތުގެ މަސައްކަތް ނިމުމުން ކުރިންވެސް ބޭނުންކުރަމުން އައި ގޮތަށް، ދަނޑު ބޭނުންކުރުމަށް ހުޅުވާލާނެ ވާހަކަ ވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.