މ. މަޑުއްވަރީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ރަސްމީ ލަވަ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
30 އޮކްޓޫބަރ 2025 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މ.މަޑުއްވަރީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ރަސްމީ ލަވަ ތައްޔާރުކޮށްދޭނެ (ކައުންސިލުން ދޭ ރާގާ އެއްގޮތަށް ޅެން ހެދުމާއި، ލަވަ ކިޔުމާއި، ސްޓޫޑިޔޯގައި ރިކޯޑްކޮށް މުޅި ލަވަ ބޭނުންކުރެވޭ މިންވަރަށް ފައިނަލްކޮށް ލަވަ ކައުންސިލަށް ފޯރުކޮށްދޭނެ) ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި އިޢުލާނާއި އެކު އާންމު ކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ހުށަހަޅައިދެއްވުން އެދެމެވެ.
ލިންކް: https://forms.fillout.com/t/3FLWR3XqKnus
މި ޢިއުލާނާއެކު މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.