މ.މަޑުއްވަރީ ކައުންސިލްގެ "ހިތްފަހި ފުޓްސަލް ޗެލެންޖް 2025" މުބާރާތުގައި ބޭނުންކުރުމަށް 6 ފޫޓު × 4 ފޫޓުގެ ލެޑްވޯލްއެއް ހަރުކޮށްދިނުމާއި އަދި ނިންމުމުގެ ރަސްމިއްޔާތާއި ގުޅުން ހުރި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުން (.)

އާއްމު އެންގުން
ނަންބަރު : (IUL)369-PS/369/2025/103
ޕަބްލިޝްކުރި ތާރީޚު : 13 އޮކްޓޯބަރު 2025
ސުންގަޑި : 20 އޮކްޓޯބަރު 2025

30 އޮކްޓޫބަރ 2025 ގައި ފެށުމަށް ހަމަޖެހިފައިވާ މ.މަޑުއްވަރީ ކައުންސިލްގެ ހިތްފަހި ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިޔަށްދާއިރު ރިޕްލޭ  ދެއްކުމާއި އަދި ސްކޯބޯޑްގެ ގޮތުގައި ބޭނުންކުރުމަށް 6 ފޫޓު × 4 ފޫޓުގެ ލެޑްވޯލް ހަރުކޮށްދިނުމާއި، ނިންމުމުގެ ރަސްމިއްޔާތާއި ގުޅުން ހުރި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި އިޢުލާނާއި އެކު އާންމު ކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ހުށަހަޅައިދެއްވުން އެދެމެވެ. 

ލިންކް: https://forms.fillout.com/t/aaQzcnDafuus 

މި ޢިއުލާނާއެކު  ކުރަންޖެހޭ މަސައްކަތްތަކުތެ މަޢުލޫމާތު އެއްކަރުދާސް އާންމު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.