މ. މަޑުއްވަރީ ޖެޓީ ސަރަޙައްދުން ވޯޓަރ ސަޕްލައިފެން ދޫކުރުމާގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2025/107
ޕަބްލިޝްކުރި ތާރީޚު : 13 ނޮވެމްބަރު 2025
ސުންގަޑި : 10 ޑިސެމްބަރު 2025

މ. މަޑުއްވަރީ ޖެޓީ ސަރަހައްދުން ވޯޓަރ ސަޕްލައިފެން ދޫކުރުމަށް މ. މޑުއްވަރީ ކައުންސިލުގެ 4 ވަނަ ދައުރުގެ 166ވަނަ ބައްދަލުވުމުން ނިންމުމާއި ގުޅިގެން، މިކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާންކުރަމެވެ. ޖެޓީ ސަރަހައްދުން ފެން ލިބެން ހުންނާނީ އައިސްޕްލާންޓާ އެންމެ ކައިރި ފެން އިސްކުރުންނެވެ. ފެން ވިއްކުމަށް ކައުންސިލުން ނިންމާފައިވަނީ ފެން ލީޓަރަކަށް 0.15 (ފަނަރަ ލާރި) ކަމުގައި ދަންނަވަމެވެ. 

ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް، އަދި ރަސްމީ ބަންދު ދުވަސް ދުވަހު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.     

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

ޑައުންލޯޑް ކުރުމަށް