5 ވަނަ ދައުރު - 2026 - 16 ވަނަ ޢާންމު ޖަލްސާ
އެޖެންޑާ
1. މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާގެ ސީނިއާ މެނޭޖްމަންޓް ޓީމް (އެސް.އެމް.ޓީ) ޓީމު އެކުލަވާލައި ނެގުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
2. ޤާނޫނު ނަންބަރު : 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކައުންސިލް އިދާރާގެ މުރާޖާ ކޮމިޓީ އެކުލަވާލައި ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
3. ވޮލީ ކޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޚަރަދުތައް ކުރުމަށް J-LCL ގައި އެކްޓިވިޓީ އުފެއްދުން އަދި ބަޖެޓް ކޮންޓްރޯލް ގެނައުން
4. ކައުންސިލް ވެބްސައިޓް އީފާސް އިންޓެގްރޭޝަން އަދި ޕޭމަންޓް ގޭޓްވޭ އިންޓެގްރޭޓް ކުރުމަށް ގެންނަ ބަޖެޓް ކޮންޓްރޯލް ގެނައުން
5. ޙާއްސަ އެހީތެރިކަމާއި، ހާއްސަ ރައްކާތެރިކަން ފޮރުކޮށްދޭންޖެހޭ ފަރާތްތަކުގެ ހާލަތުބެލުމަށް ކައުންސިލުން ޒިޔާރާތް ކުރާނެ ދުވަހަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
6. މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 05 ވަނަ ދައުރުގެ 15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން
ޚުލާސާ
މި ބައްދަލުވުމުގައި ވަނީ ކައުންސިލް މެންބަރުން ، އ.ތ.މ ކޮމެޓީގެ ރައީސް ، ކައުންސިލްގެ އެސް.ޖީ އަދި ކޯޕަރޭޓް ، މުނިސިޕަލް އަދި ފައިނޭންސް ސެކްޝަނުގެ އިސްވެރިން ހިމެނޭހެން އެސް.އެމް.ޓީ އެކުލަވާލުމަށް ، ކައުންސިލްގެ 4 ވަނަ ދައުރުގެ މުރާޖާ ކޮމެޓީ އަށް އިތުރު ބަދަލެއް ނުގެނެސް ބޭއްވުމަށް ނިންމިއެވެ. މީގެއިތުރުން އިދާރީ މޭޒުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓަށް އެކްޓިވިޓީ އިތުރުކޮށް ، J-LCL އިން ޚަރަދުކުރުމަށް ކޯޑު އުފައްދައިގެން ބަޖެޓް ކޮންޓްރޯލް ގެނައުމަށާއި އަދި 05 ވަނަ ދަޢުރުގެ 15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރެވިފައި ވެއެވެ.
ނިންމުން
1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 16 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ނިންމުން.
2. އެސް.އެމް.ޓީ ގައި ކައުންސިލްގެ މެމްބަރުން، އ.ތ.މ ކޮމެޓީގެ ރައީސް، ކައުންސިލްގެ އެސް.ޖީ، ކޯޕަރޭޓް އެފެއާރްސް އަދި މުނިސިޕަލް ސެކްޝަންގެ އިސްވެރިޔާ އަދި ފައިނޭންސް ގެ އެންމެ އިސްކޮށް ހުންނަވާ މުވައްޒަފު ހިމެނުމަށް ނިންމެވިއެވެ.
3. ވޮލީ ކޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޚަރަދުތައް ކުރުމަށް J-LCL ގައި އެކްޓިވިޓީ އުފެއްދުން އަދި ބަޖެޓް ކޮންޓްރޯލް ގެނައުން
4. ކައުންސިލްގެ 4 ވަނަ ދައުރުގައި ނިންމަވާފައިވާ މުރާޖާ ކޮމެޓީއަށް ބަދަލު ނުގެނައުމަށް ނިންމެވިއެވެ.
5. 6 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހު 10:30 ގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ހާލަތުބެލުމަށް ޒިޔާރަތްކުރުމަށް ހުށަހެޅުއްވިއެވެ. އަދި މި މަސައްކަތުގައި ކައުންސިލް މެމްބަރު، ކައުންސިލްގެ އެސް.އެމް.ޓީ އަދި އ.ތ.މ ކޮމެޓީގެ ބޭފުޅުން ބައިވެރިވުމަށް ނިންމެވިއެވެ.
6. ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން 15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ނިންމެވިއެވެ.